ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިއެއްގެ ލޮލަށް ބުޅިއެއްް ހެރިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ހދ. ކުޅުދުއްފުށީ ބޮއި ކައިރީ މަސްވެރިކަން ކުރަން އޮތް “ނިއުމަތު” ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާއަށް ގެނައުމަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ލޮލަށް ބުޅިއެއް ހެރި ޒަހަމްވެފައިވަނީ 35 އަހަރުގެ ޒުވާނަކަށް ކަމަށެވެ.

އެމްއެންޑީއެފް ނަދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރޮންގެ އެހީތެރިކަމާއި އެކު އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: