ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިސްޓެއްކަމަށް ބުނާ އަމީން ގޭބަންދަށް ދޫކޮށްލި ގާޒީގެ މައްސަލަ ޖޭއެސްސީ އަށް!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އާއި، ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ޓެރަރިޒަމް ޖަމާއަތްތަކުގެ ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީންގެ ޝަރީއަތް ކުރިޔަށް ދަނިކޮށް ގޭބަންދަށް ބަދަލުކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަޜޭޝަނެއްގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހައްޔަރު ކުރި އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވާ މީހެކެވެ. އަމީން ބެލެވިފައިވަނީ، ރާއްޖޭގައި ހުންނަ އައިސްއެއްގެ ލީޑަރެއްގެ ގޮތުގައެވެ.

އަމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ، އަމީންގެ މައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުން އޭނާގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ބައިވެރިވުން އޮތް މީހެކެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް އުޅުމުން ފިލައިގެން ގޮސް އުޅުނީ ރާއްޖެއިން ބޭރުގައެވެ. އެއަށްފަހު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއަށްފަހު ފުލުހުން 2011 ވަނަ އަހަރު އޭނާ ލަންކާއިން ހައްޔަރު ކުރިއެވެ.

އެހެން ނަމަވެސް ރާއްޖެ ގެނައުމަށްފަހު ދޫކޮށްލިއެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.

ބަންދު މުރާޖައާ ކުރުމަށް މި މަހުގެ3 ގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލް އަމީން ގޭބަންދަށް ބަދަލު ކުރީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ނުލިބޭކަމަށް ބުނެއެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ކަރެކްޝަންސްއިން ވަނީ އަމީންގެ ބޭސްފަރުވާގެ ކަންކަން ގަވައިދުން ކުރިޔަށް ގެންދާކަމަށް ބުނެފައެވެ. ގެއިން ބޭރަށް ނުނިކުމަށް ޝަރުތުކޮށް ގޭ ބަންދަށް އަމީން ބަދަލު ކުރީ، ރާއްޖެ ބަލިއަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުކުރެވުމުގެ ސަބަބުން އޭނާގެ ހާލަތު ގޯސްވަމުންދާކަމަށް ބުނެއެވެ.

އަމިއްލަ ހައިސިއްޔަތުން މީހަކު ހުށަހެޅި އެ މައްސަލައިގަައި، ވަނީ އަމީން ފަދަ ބައިނަލްއަގުވާމީ މުޖުތަމައުއަކުން ޓެރަރިސްޓެގެ ގޮތުގައި ކަނޑައަޅާފައިވާ މީހެއްގެ ބަންދަށް މި ވަރުގެ ލުޔެއް ދިނުމަކީ އޭނާ ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވުމުން ކަމަށެވެ. މިއީ މުޖުތަމައުގެ ސަލާމަތާއި އާއްމު ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ފަނޑިޔާރު ނިންމާފައިވާ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް ވެސް އޭގައި ވެ އެވެ.
އަމީންއާ ބެހޭ ގޮތުން ފުލުހުން ބުނީ އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވާ އެފަދަ ޖަމާއަތްތަކަށް އެހީތެރިވެދީ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އެމެރިކާ އިން ބުނި ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުނ ވެސް އެހީތެރިވެ އެވެ.

އެމެރިކާ އިން ބުނެފައިވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: