ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާނެޓް މަލްޓި ސްކްރީން ތައާރަފް ވީޑިއޯއެއް މާދަމާ ރޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ ރޭ ރާއްޖޭގެ ހުރިހާ ޗެނަލްތަކުން މީޑިއާނެޓް މަލްޓި-ސްކްރީންގެ ތައާރަފެއް ހިމެނޭ ވީޑިއޯއެއް ދެއްކުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓުން ބުނީ ހުރިހާ ޑިވައިސްއަކުން ވެސް މީޑިއާނެޓް މަލްޓި-ސްކްރީން ބޭނުންކޮށްގެން މުނިފޫހިފިލުވޭނެ އިންތިޒާމު ހަމަޖެހުމުގެ އިތުރަށް މީޑިއާނެޓް މަލްޓި-ސްކްރީންގައި އަމިއްލަ ކޮންޓެންޓް ލައިބްރަރީއެއް ހިމެނޭނެ ކަމަށެވެ.

އޭގެ ތެރޭގައި ޑިމާންޑާ އެއްވަރަަށް އެކްސްކުލޫސިވް އަދި އޮރިޖިނަލް ލޯކަލް ކޮންޓެންޓް ހިމެނޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މާދަމާ ރޭ ރާއްޖޭގެ ހުރިހާ ޗެނަލްތަކުން މީޑިއާނެޓް މަލްޓި-ސްކްރީންގެ ތައާރަފެއް ހިމެނޭ ވީޑިއޯއެއް ވެސް ދެއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް މީޑިއާނެޓުން ބުނީ އެ ވީޑިއޯ މެދުވެރިކޮށް އޭގެ ފީޗާތަކާއި އަދި ރަޖިސްޓްރީވާނެ ގޮތާއި ސަބްސްކްރިޕްޝަން ޕްލޭންތައް ހުރިހާ ކަަސްޓަމަރުންނަށް އެނގިގެންދާނެ ކަމަަށެވެ.

މީޑިއާނެޓުން އިތުރަށް ބުނީ މާދަމާ ރޭ 9:00 ގައި އަައިސްޓީވީ މެދުވެރިކޮށް ރޫމީ އަ ޖަންނަތުގެ ޑަބަލް އެޕިސޯޑު ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން މަލްޓި-ސްކްރީން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: