ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިސް ސޯލިހު ދޫފުޅުން 35،000 ފްލެޓް އަޅުއްވައިފި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދޫފުޅުން 35،000 ފްލެޓް އަޅުއްވައިފިކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ތިން އަހަރުގެ ރިޔާސީ ބަޔާނުގައި މިހާތު 35،000އެއްހާ ފްލެޓް އަޅައިފިކަމަށެވެ. އެހެންނަމަވެސް، އަމަލުން އެއިން އެއްވެސް ކަމެއް ފެންނަންނެތްކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރުގެ ސަރުކާރުން ކޮތަރި ކޮށިކަމަށް ބުނެ ފާޑުކިޔަމުންދާ ފްލެޓްތަކަކީވެސް ރައީސް ޔާމީންގެ ސަތުކާރުން އަޅާފައިވާ ފްލެޓްތަކެއްކަމަށެވެ. އަދި މިސަރުކާރަށް ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ. ހިޔާ ފްލެޓްތަކަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ޝިޔާމް ވިދާޅުވީ، 7000 ހައުސިން ޔުނިޓުކަމަށް ވިދާޅުވިޔަސް އެއީ އަސްލު ހަގީގަތުގައި 10،000އެއްހާ ހައުސިން ޔުނިޓުކަމަށެވެ.

ޝިޔާމްގެ ވާހަކައިގެ ތެރެއިން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ޝިޔާމް ދައްކަވަނީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިފަހުން އަށް އަހަރަށްވުރެ ގިނަދުވަސް ވެގެންދިޔައިރު، މިހާތަނަށް އައިއިރު ރައީސް ނަޝީދު އަޅުއްވައިދެއްވި ފްލެޓަކަށް ނޫނީ ވަދެވިފައި ނެތްކަމަށް ދޮންބިލެތް ހަލީމް ވިދާޅުވިއެވެ.

ނިޒާމީ ނުކުތާ ނިމުމާއެކު ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ ދޮންބިލަތް ހަލީމް ހެއްދެވީ ތެދެއްކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެޅުނު ފެލްޓަކަށްވެސް އަދި އެހެން މީހެއްގެ ފްލެޓަކަށްވެސް މިހާތަނަށް އައިއިރުގައި އެއްވެސް މީހަކަށް ވަދެވިފައި ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު ދިރިއުޅެން ފެށިފައިވަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ގާއިމްކުރެވުނު ކޮންޓެރްކްޓްތަކުން ގާއިމްކުރެވުނު ފްލެޓްތަްކަށް އެކަނިކަމަށ ވަނީ ވިދާޅުވެފައެވެ.

“ތަފާސްހިސާބުތަކަށް ބަލާއިރު ބިލެތްދޫ ދާއިރާގެ މެމްބަރު އެދެއްކެވީ ތެދު ވާހަކަތަކެއް” ރައީސް ނަޝީދު

ވާހަކަފުޅު ކުރިއަށްގެންދަވަމުން، ޝިޔާމް ވަނީ ދޮންބިލެތް ހަލީމްގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއްވާކަަން ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ކުރީގެ ގާކޮށީގައި ހެދުނު ފްލެޓްތަކާއި ކުރީގެ އަރަބިއްޔާ ސްކޫލް ހުރި އިމާރާތް ތަޅާލުމަށްފަހު، ގާއިމްކުރެވުނު ފްލެޓްތަކުގައި ހުރި މައްސަލަތައް ގިނަކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން،  ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ކުރެވުނު މަޝްރޫއުތަކުގައި އަގު ދިމާނުވާ ޒާތުގެ ކަންކަން ހުރިކަން ޝިޔާމް ފާހަގަކުރެއްވިއެވެ. މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެއްބަސްވެވުނު އަގުގެ ބަދަލުގައި ރާއްޖޭގެ ރަށްތައް ޓާޓާ ކުންފުންޏަށް ދީފައިވާކަމަށް ޝިޔާމް ވަނީ ތުހުމަތުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: