ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އިތުރު ދެ ކެނޑިޑޭޓަކަށް ކައުންސިލް އިންތިހާބުގެ ގޮނޑި ކަށަވަރުވެއްޖެ

އައްޑޫގެ ގޮނޑި ކަށަވަރު ކުރި އެމްޑީޕީގެ ދެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސަބަބުން، އެއް އަހަރު ދުވަހަށް ފަސް ކުރި ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އިތުރު ދެ ދައިރާއަކަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ އެވެ.

އޭޕްރިލް މަހުގެ ދިހައެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ އިންތިހާބުގައި، ގޮނޑި ކަށަވަރުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ހިތަދޫގެ ކޮލުވަރު ދާއިރާއަށް ވާދަކުރާ އިބްރާހިމް ޝިނާޒް މޫސާ އާއި ހުޅުދޫ ދާއިރާއަށް ކުރިމަތިލި ހުސެއިން ފައިޒުއްރަހްމާން އެވެ.

ޝިނާޒާއި ފައިޒުއަށް ގޮނޑި ކަށަވަރު ވީ އެ ދާއިރާއަށް ވާދަ ކުރާ އެހެން ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުންނެވެ. ހިތަދޫ ކޮލަވަރު ދައިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރުވީ، އެ ދާއިރާއަށް އިދިކޮޅު ޕީޕއެމްގެ ޓިކެޓު ކާމިޔާބު ކުރި މުހައްމަދު ޖިނާން ނަން އަނބުރާ ގެންދިއުމުންނެވެ. ހުޅުދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އައްބާސް ވާފިރު އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މޫސާ ބުޝްރީ  ނަން އަނބުރާ ގެންދިޔައީ މި ހަފްތާގެ ތެރޭގައެވެ.

ޝިނާޒާއި ފައިޒުގެ އިތުރުން ހިތަދޫ ބޭރުމަތި ދާއިރާއަށް ވާދަކުރާ މަރިޔަމް ސައީދަށް ވެސް ގޮނޑި ވަނީ ކަށަވަރުވެފައެވެެ.

މިހާރު ހަތް މެމްބަރުން ތިއްބަވާ އައްޑޫ ސިޓީ ކައުލްސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބުކުރާނީ 13 ކައުންސިލަރުންނެވެ.

އިންތިހާބު ނުބޭއްވި ދިގުލައިގެން ދިއުމުގެ ސަބަބުން، ގިނަ ކެނޑިޑޭޓުންނެއް ވަނީ ނަން އަނބުރާ ގެންގޮސްފަައެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރި ކެނޑިޑޭޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: