ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓްމޯޓަމް ހަދަން އުދައްޔުގެ ހަށިގަނޑު އިންޑިއާ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލައިފިއެވެ.

ފުލުހުން ބުނީ އުދައްޔުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލީ މިއަދު ކަމަށާއި ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

އުދައްޔުގެ މަރާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

އެ މަރާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގަކާ ނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް އަދި ކުށެއް ކަމަށެވެ. ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހަންމަލު ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: