ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޝީލްޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ކެނެޑާއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޝީލްޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް މި މަސް ތެރޭ ކެނެޑާއަށް ފޮނުވަން އިންޑިއާއިން އެއްބަސްވެއްޖެެެެެއެވެ.

ބައެއް މީޑިއާތަކުގައިވާ ގޮތުން އިންޑިއާއިން ކެނެޑާއަށް ވެކްސިން ފޮނުވަން އެއްބަސްވީ މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުން ގުޅުއްވި ފަހުންނެވެ.

ސެރަމް އިންސްޓިޓިއުޓްގެ ސީއީއޯ އަދަރު ޕޫނަވާލާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކެނެޑާއަށް ކޮވިޝީލްޑް ވެކްސިން ފޮނުވަން ދެން މަހެއްހާ ދުވަސްވެސް ނުނަގާނެ އެވެ.

ކެނެޑާއިން އެގައުމުގައި ބޭނުން ކުރަން މިހާތަނަށް ހުއްދަ ދީފައި ވަނީ ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިންއަށެވެ.

ކެނެޑާގައި މިހާތަނަށް 825،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 21،306 މީހަކު ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: