ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިންގީއެއްގައި އޮޔާދިޔަ ބިދޭސީއަކު ސަލާމަތްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިންގީއެއްގައި އޮޔާދިޔަ ބިދޭސީއަކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ  ވ. އަންބަރާ ކައިރިން ދަތުރުކުރަމުންދިޔަ “މޯލްޑިވިއާނާ” ނަމަކަށް ކިޔާ ސަފާރީއަކަށް، ހާލުގައިޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހަވީރު 17:12 ހާއިރު އެވެ.

ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މި ޑިންގީ ވ. ފެލިދޫއަށް މިހާރު ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާގެ އަތުގައި ހުރި ޑޮކިއުމެންޓަށް ބަލާއިރު އެއީ ލަނކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: