ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާފްރޯލް ވެއްޓި އަނިޔާވި ޒުވާނާ މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެމްޕީއެލް ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ.

އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޒިއްމާވާން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ. އަދި މާލެ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.

ޓާފް ރޯލެއް ވެއްޓި މީހަކު މަރުވި އިރު، މިދިޔަ މަހުގެ ކުރީކޮޅު އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް ގައިމައްޗަށް ޕެލެޓް ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ނ. ލަންދޫ/ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމް ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: