ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވެފައި އޮއްވައި ފެނުނު މީހާ އާއި ކަނޑުމަތިން ފެނުނު މިހާއާ ގުޅުމެއްވޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވައި ފެނުނު މީހާއާއި ވ. އަންބަރާ ބޭރުން ޑިންގީއެއްގައި އޮޔާ ދަނިކޮށް ފެނުނު މީހާއާ ގުޅުމެއްވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެދެމީހުންގެ ގުޅުމެއްވާކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވައި ފަޅުރަށުން ފެނުނު މީހާ ފެނިފައިވަނީ ރަށުގެ ވަރަށް އެތެރެއިން ކަމަށެވެ. އެހެންކަމުން ލެއްގި މީހެއްކަމަށް ބެލެވެން ނެތެވެ. އެހެންނަމަވެސް އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ފެންނަން ނެތްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ބެލޭވޭ ގޮތުގައި މިދެމީހުންނަކީ ލަންކާ ދެމީހުންނެވެ. އެ ދެމީހުން ދަތުރު ކޮށްފައިވަނީ މިއަދު ފެނުނު ޑިންގީގައި ކަމަށް ވުން އެކަށީގެންވެއެވެ.

މަރުވެފައި އޮއްވައި ފަޅުރަށުން ފެނުނު މީހާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ. ޑިންގައި އިންދައި ފެނުނު މީހާވަނީ ޑިންގީއާއެކު މިރޭ 7:25 އެހައިކަންހާއިރު ވ. ފެލިދުއަށް ގެންގޮސް ފުލުހުންނާ ހަވާލު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: