ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރިސޯޓް މުވައްޒަފަކު ގެސްޓުންނަށް ޚިދުމަތް ދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިންނާއި ޓޫރިޒަމް ދާއިރާގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހުދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓޫރިސްޓް ރިސޯޓްތަކާއި، ސަފާރީ އުޅަނދުތަކާއި، ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ވަނީ ސްނޯކަލް ކުރުމާއި، ފެނާއި އަދި އެހެނިހެން މޫދު ކުޅިވަރުތަކުގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައެވެ. އަދި އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޕްލޭންތައް ތަންފީޒުކުރަން ޖެހޭ ޙާލަތްތަކުގައި ފުރިހަމައަށް ތަންފީޒުކުރުމުގެ އިންތިޒާމްތައް ހުރިތޯ ބަލާ ކަށަވަރު ކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން ބޮޑު ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްޙޫރުވެފައިވާ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް މުޅިންހެން ހުއްޓިފައި އޮތުމަށްފަހު، އެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: