ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިސަންސް ޖޫރިމަނާތަކަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރަައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ލައިސަންސްނެތި އެއްގަމު އުޅަނދު ދުއްވުމުން ޖޫރިމަނަކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިންް ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ކެމްޕޭންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ލައިސެންސް ޖޫރިމަނާގެ މައްސަލައަކީ އަތޮޅުތަކާއި އެއްގޮތަށް މާލޭގައި ވެސް ދިމާވާ މައްސަލައެއް ކަމަށާއި ބައެއް ކުދިންގެ ޖޫރިމަނާތައް އެއް ލައްކައަށްވުރެ މައްޗަށްވެސް އަރާފައި އެބަހުރި ކަމަށެވެ. އަދި އެވަރު އަދަދެއް ދައްކަން އުނދަގޫވާނެ ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަށާރަ އަހަރު ނުފުރޭ ކުދިން ދުއްވައިގެން ޖޫރިމަނާކޮށްފައި އޮތުން. އެ އެބައުޅޭ މާލޭގެ ވަރަށް ގިނަ ތަންތަނުގައި. އަޅުގަނޑުމެން އެއަށް ރަނގަޅު ހައްލެއް ހޯދާދޭނަން އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ. އަދި މީގަ އެބަ ދިމާވާ ކަމެއް އޮންނަ ކަމަށްވަނީ ޖޫރިމަނާ ދައްކަން އޮވެއްޖެއްޔާ ކައިވެނިވެސް ނުކުރެވޭ. ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ލައިސެންސް ނަގައިގެން ދުއްވަން ފަރިތަކުރަން ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: