ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކަަށް އެންމެ ކުޑަ އަގަކަށް ހުށަހެޅީ 7،000 ރުފިޔާ: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން އިމާރާތް ކުރި ހިޔާ މަޝްރޫރުގެ ފްލެޓްތަކަށް މަސް ދުވަހުގެ ކުލީގެ ގޮތުގައި އެޗްޑިސީ އިން ހުށަހަޅާފައި ވަނީ 7،000 ރުފިޔާ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަތަރު ގޮތެއް ކަނޑައަޅާފައިވާކަމަަށެވެ. އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7000 ރުފިޔާ ދެއްކުންކަމަށާއި، އެއީ ޑައުންޕޭމަންޓަށް ފައިސާ ދެއްކުމުން އެންމެ ކުޑަކޮށް ދެއްކޭނެ ޢަދަދުކަމަށެވެ.

ނަމަވެސް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އަގުތަކާއި ގުޅޭގޮތުން އިތުރު ތަފްސީލް މިނިސްޓަރ ނުދެއްވައެވެ. ވިދާޅުވީ، އަދިވެސް އެ އަގުތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

“އަޅުގަނޑު އަތުގައި އެ ޓޭބަލްއެއް ނެތް. އޭގައި އެބައިން ހަތަރު އޮޕްޝަންއެއް. އެންމެ ކުޑަކޮށް އޮތް އޮޕްޝަންގައި ހިމެނެނީ، އަޅުގަނޑު ހަނދާންވާ ގޮތުން 7،000 ރުފިޔާ މަހަކު ދެއްކުމަށް. އެއީ ޑައުންޕޭންޓްގެ ގޮތުގައި ކޮންމެވެސް ވަރެއް ދެއްކުމަށް ފަހު، ދެން މަހުން މަހުން ދައްކާ ގޮތަށް،” އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަހަވީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ސަރުކާރުން މިހާރު ވަނީ އިޢުލަންކޮށްފައެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720 އަށް ބަދަލުކޮށްފައެވެ.

މިނިސްޓަރު އަސްލަމް ވަނީ ފްލެޓްތައް ދާއިމީ ލިސްޓްގައިވާ މީހުންނަށް ދޫކުރުމުގެ ކުރިންވެސް ބަލަންޖެހޭ ބައެއްކަންކަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓިން ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާކަމަށާއި، އެކަންކަން ބަލާ ކަށަވަރުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: