ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލްގެ ސުވާލު ސަރުކާރަށް: ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު ކުރައްވައިފިއެވެ.

ޖަމީލް މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު މާސް ނާޅުއްވާ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ނުކުރެެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ނުރައްކާ އެންމެންނަށް ދައްކައި ގެއަށް ވެއްދުމަށްފަހު ވެރިން އުޅުއްވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

“ދެން ކޮން ޙުއްޖަތެއްތޯ އޮތީ އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތުޖަހަން؟ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ؟ މިޢަމަލް ސިފަވަނީ ވަރަށް މުނާފިޤް ކަމެއްގެ ގޮތުގައި.” ޖަމީލް ވިދާޅުވިއެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތުން އެއްތަނުގައި މަސައްކަތް ކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާގޮތައް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށެވެ. އަދި ތަނަށްވަދެ ނިކުމެ އުޅުމުގައާއި، ތަނުގެ ތެރޭގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމުކޮށް ބަލަހައްޓަން ޖެހޭނެކަމަށްވެސް ގައިޑްލައިންގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: