ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޓައީ އަޅާފައި ތިއްބަސް ހުތުރު ބަހުން ވާހަކަ ދައްކަން އެނގޭ” އަސްލަމް

ހައުސިން މިނިސްޓަރު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މޮސްޓާ އަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ކުރައްވަން އުޅުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ނަޝީދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓް ހަދާ ތަނުގައި ހުރި ރުއްތަކަށް މިނިސްޓަރު ހެއްދެވީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ރުށްތައް ވިއްކާލީތޯ އޭގެން ލިބުނު ލާރިއަށް ކިހިނެއްތޯ ހެދީ ވެސް ނަޝީދު ސުވާލު ކުރެއްވިއެވެ.

މޮސްޓާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު އަސްލަމް ވަނީ މަޖިލީހުގެ ތަޅުމުގައި ދައްކާ އެއްވެސް ވާހަކަައެއްގެ ސަބަބުން ގާނޫނީ ފިޔަވަޅެއް ނޭޅޭކަން ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން އޭނާއާ މެދު އަސްލެއް ނެތް ވާހަކައެއް ދައްކާ ނަމަ އެ ވާހަކަތައް އޮޅުންފިލުވައި ދޭން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އޭނާ ރުއްތަކެއް ވިއްކާލި ކަމަށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށެވެ.

“އެހެންވީމަ އިއްޒަތްތެރި މެމްބަރުން އެގޮތަށް އަޅުގަނޑުމެންނާ ވާހަކަ ނުދައްކަވާތި. އަޅުގަނޑުމެންނަކީ ވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާރީތިކޮށް މިހެން ޓައީ އަޅާފަ ތިއްބަސް ހުތުރުބަހުން ވެސް ވާހަކަ ދައްކަން އަޅުގަނޑަށް އެނގޭ.” މެމްބަރު ނަޝީދަށް ރައްދު ދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: