ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްދޫ ފިހާރަޔަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހު 16 ވަނަ ދުވަހު އއ.ރަސްދޫ ފިހާރައަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު، އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މިތަކެތީގެ ތެރޭގައި ހިމެނެނީ ކޮސްމެޓިކްސް ބައެއް ސާމާނާއި ހަވާދުގެ ބާވަތްތަކާއި ދޮންނަ ކުނޑިއާއި ޓީޝާޓާއި ފައިވާން ފަދަ ތަކެތި ކަމަށެވެ.

މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: