ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން އިތުރު 7 ދުވަހަށް މެދުކަނޑާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން އިތުރު ހަތް ދުވަހަށް މިސްކިތްތަކުގައި ނަމާދުގެ ޖަމާޢަތްތައް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނަމާދުގެ ޖަމާޢަތްތައް ނުހެދުމަށް އަންގަވާފައިވަނީ އައްޑޫސިޓީގައި ކޮވިޑް-19 ފެތުރި އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާތީ އާއި ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާތީކަމަށެވެ. އަދި މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް މިއަދު މަޢްރިބް ނަމާދުން ފެށިގެން މިމަހުގެ 23 ވާ އަންގާރަ ދުވަހުގެ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އައްޑޫސިޓީގެ ހުރިހައި މިސްކިތެގައި ޖަމާއަތް ނުހެދުމަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިޙާލަތުގައިވެސް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ  މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާފައެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާ، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: