ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލައިސަންސު ޖޫރިމަނާގެ ހައްލަކީ 16 އަހަރުވުމުން ލައިސަންސް ދޫކުރަން ފެށުން”

ޝެއާރކޮށްލާ ކަހަލަދޯ؟

ލައިސަންސް ޖޫރިމަނާތައް މަޢާފް ކުރުމަކީ ހައްލެއް ނޫންކަމަށާއި، އެކަމަށް އޮތް ހައްލަކީ16  އަހަރުގައި ލައިސަންސް ދޫކުރަން ފެށުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިން ލައިސަންސު ނެތި ކޮށްފައިވާ ޖޫރިމަނާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލައިސަންސްއާ ގުޅޭ ޙައްލަކީ 18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށާއި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް 16 އަހަރުވުމުން ލައިސަންސް ދޫކުރާ ކަމަށެވެ.

“ލައިސަންސް ދޫކުރުން ހުއްޓުވާފައިބާވާފަ ލައިސަންސް ނެތި ދުއްވާ ޒުވާނުން ޖޫރިމަނާކުރުމަކީ ހަމަޖެހޭ ކަމެއްނޫން. ވީމާ ލައިސަންސް ދޫކުރަން ފަށައި (އަވަސް ޚިދުމަތުގައި) ޒުވާނުންނަށް ލައިސަންސް ދޫކުރަން ފެށުން.” ޝަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގެ ތެރެއިން އަތޮޅުތަކަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ކެންޑިޑޭޓަކު ވަނީ 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ މާލޭގައި ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ލަސްތަކެއް ނުވެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިދީ އެކުދިންނަށް ލައިސެންސް ނެގޭނެ ގޮތް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: