ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަކަން ހާމަވާއްޖެ: އަނަސް

މާލެ ސިޓީ މޭޔަރު ކަމަށް އަނަސް ވާދަކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓު ނުލައި ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮޑިތަކެއް އެމްޑީޕީއަށް ލިބުމަކީ ލާމަރުކަޒީ ނިޒާމަށް އެ ޕާޓީ ފަރިތަކަން ހާމަވެގެން ދިޔަ ކަމެއް ކަމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަނަސް އަބްދުލްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުން ތެރެއިން ބައެއް އިދިކޮޅު ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެގެން ދިޔުމާއި ގުޅިގެންނެވެ.

އެގޮތުން އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އެ ޕާޓީ ފަރިތަކަން، އަދި ސިޔާސީ ވާދަވެރިންނަށް ލާމަރުކަޒީ ނިޒާމާއި އޮތް ބީރައްޓެހިކަން ސާފުވަނީ އިއްޔެ އެމްޑީޕީން ކާމިޔާބު ކުރި ގޮޑިތަކުން ކަމަށެވެ.

“ހާމަވަމުން މި ރާއްޖެ އަލިވިލެއް މިދަނީ މާ އުފާވެރި ރަންރީނދޫ ފަތިހަކަށް” އަނަސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ އިރު 120 ކެންޑިޑޭޓަކު އިންތިހާބަކާ ނުލާ ވަނީ ހޮވިފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: