ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު ކަނޑުމަގުގެ ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު މިއަހަރު ފިނި މޫސުމުގައި ކަނޑުމަގުން ދަތުރުތައް ފެށުމުގެ ފުރުސަތު ބޮޑުކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާއާއެކު ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިރުމިޒަތު ސަމީރު ބޭއްވެވި ބައްދަލުވުމެއްގައެވެ

މިބައްދަލުވުމުގައި ސަފީރު ޝިރުޒިމަތު ވަނީ ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ކަނޑުމަގުން ދަތުތައް ކުރުމާއި ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި މިއަހަރުގެ މާޗް މަހު ސޮއި ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެއެވެ.

ސަފީރާއި އެކު ބޭއްވެވި ބައްދަލުވުމުގައި ހަސީނާ ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ވީހާވެސް އަވަހަށް ކޮވިޑް-19 ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: