ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

ޖިހާދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާ ކްރިމިނަލް ކޯޓުން އަމުރު ނެރުމުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮށްފައެވެ.

ސުޕްރީމް ކޯޓުން މިމަހުގެ 15 ވަނަ ދުވަހު ވަނީ ވަގުތީ އަމުރެއް ނެރެ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ސަބަބުވެރި ނަޒަރަކުން ބަލާއިރު ޖިހާދަކީ ފިލާފާނެ މީހެއް ކަމަށް ނުދެކޭކަމަށާާާއި މިމައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: