ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ޖެހި 93 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ވެކްސިން ޖެހި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މަރުވި މީހާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އޭނާ ކޮވިޑް ވެކްސިން ޖެހީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

“ޕްރޮޓޮކޯލް އާ އެއްގޮތަށް، މަރުގެ ސަބަބު ދެނެގަތުމަށް ތަހުގީގު ވަނީ ފަށައިފައި،” އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: