ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެނަލް 13އަށް ފިޔަވަޅުއެޅުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އާސަހަރާއާ ބެހޭގޮތުން ޗެނަލް 13 އިން ހަޤީޤަތާ ޚިލާފު މައުލޫމާތު ފަތުރައި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާފައިވާކަމަށް ބުނެ، އެޗެނަލްއާ މެދު ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ  ޗެނަލް13އިން އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ހާމަކޮށްފައިވާ ރިޕޯޓަކީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.

އެއީ ހަޤީގަތް ނުބަލާ ނޫސްވެރިކަމުގެ މިންގަޑާ ޚިލާފަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް ބަދުނާމުވާގޮތަށް އާއްމުކޮށްފައިވާ އަސާސެއް ނެތް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ނެރެފައިވާ ދޮގު ރިޕޯޓެއްކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ މިއީ ކޮވިޑް-19ގެ ނުރައްކާތެރިކަން އިންތިހާއަށް ފެތުރެމުންދާ މި ދަނޑިވަޅުގައި މާލޭ ސިޓީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުންދާ މާލޭ ސިޓީ ކައުންސިލްގެ ޖަމާއަތްތެރިންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އަދި މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ އެކައުންސިލުގެ ބަހެއް ނެތި ރައްޔިތުންނާއި ގުޅުންހުރި މިފަދަ ޚައްޞާސް ކަންތައްތަކާއި ބެހޭގޮތުން ހަޤީޤަތާއި ޚިލާފު މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއްސަސާތަކަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: