ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގެ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑް ފެތުރުން އިތުރުވަމުންދިއުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް އެ ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެ މުއްދަތު މިއަދަށް ހަމަވާއިރު، ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފުވައްމުލަކު ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި އެސިޓީގައި ރޭގަނޑު 8 ފެށިގެން ފަތިހު 4 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުތުމާއި ޢާއްމު ތަންތަނަށް އެއްވުން ވަނީ މަނާކޮށްފައެވެ.

އަދި އެސިޓީގެ ޒަރޫރީ ބޭނުމެއްނެތި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗަށް ނުކުތުމާއި ޢާއްމުތަންނުގައި އެއްވެ އުޅުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: