ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮއްޔަ ހަސަން މަނިކަކީ އުފެއްދުންތެރި ހިޔާލު ތަނަވަސް ބޭފުޅެއް – ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އަށް ފަރުވާ ހޯދަމުންދނިކޮށް މިއަދު ނިޔާވި ފިލްމީ ތަރި ހަސަން އަލި މަނިކު (ކޮއްޔަ ހަސަން) އަކީ އުފެއްދުންތެރި ހިޔާާާާާާާލުތަނަވަސް ބޭފުޅެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ކޮވިޑް-19 ބަލީގައި އޭނާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މިއަދު މީސް މީޑިއަގައި އާއްމު ކުރެއްވި ނޯޓެއްގައެވެ.

“ހަސަނަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި ތާއީދު ހޯއްދެވި ފަންނާނެކެވެ. މިއަދު ހަސަނިކު މިވަނީ އަޅުގަނޑުމެންނާ ވަކިވެފައެވެ އެ މަހްރޫމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި، އާމީން” ރައީސްގެ ނޯޓުގައި ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދުނު މޮޅެތި ފިލްމީ ތަރީންގެ ތެރޭގައި ހިމެނޭ ކޮއްޔަ ހަސަން މަނިކު 67، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: