ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެހީގައި 2،000 ހައުސިންގ ޔުނިޓު އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

2،000 ހައުސިންގ ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އިންޑިއާގެ އެގްޒިމް ބޭންކާއި ދެމެދުގައެވެ.

މި އެއްބަސްވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ބޯހިޔާވަހިކަމަކީ މިސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށާއި މިއަދު ސޮއި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖަކީ އެކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތިން ކޮޓަރި އަދި ތިން ފާހާނައިގެ 1400 ޔުނިޓާއި، ދެ ކޮޓަރި އަދި ދެ ފާހާނައިގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: