ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

30 އަހަރުން މަތީ އެންމެނަަަަށް ވެކްސިން ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 30 އަހަރުން މަތީ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ވެސް ކުރިއަށް ދާނެ ކަމަށެވެ.

އަދި 18 އާއި 30 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދޭނީ 9:00 އިން 13:00 އަށް ކަމަށެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ނުވަތަ ކުރީގެ ފްލޫ ކްލިނިކްގައި ވެކްސިން ޖަހައިދޭނީ 9:00 އިން 17:00 އާ ހަމައަށެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން 70،009 މީހަކު ވަނީ ކޮވިޑް19ގެ ވެކްސިން ޖަހައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: