ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހިއްކުމަށް ވުރެ ރަށްރަށް ގުޅުވާލުން ރަނގަޅު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ބިމުގެ ދަތިކަން ހައްލު ކުރަން ބިން ހިއްކުމަށް ވުރެ އެއް ރަށާއި އަނެއް ރަށް ގުޅުވާލުމުގެ ވިސްނުން ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އޮންލައިންކޮށް ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއް ރަށާއި އަނެއް ރަށް ގުޅުވާލުމުގެ ވިސްނުމަކީ ބިމުގެ ދަތިކަމަށް އޮތް އެންމެ ރަނގަޅު ވިސްނުން ކަމަށެވެ.

"ގުޅާލައިގެން އެ ރަށްރަށުގައި އިގްތިސާދީ މަސައްކަތްތަކާއި ބޯހިޔާވަހިކަން ކުރިއަށް ގެންދެވިއްޖެއްޔާ ދުރު މުސްތަގްބަލްގައި ރާއްޖެ ތަރައްގީ ކުރުމުގައި ވަރަށް ބޮޑު ކާމިޔާބެއް އެއީ" ރަަައީސްް ވިިިިިިިދާޅުވިއެެެވެެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގައި ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، ކައިރި ކައިރި ރަށްރަށް ގުޅުވައިލުމަކީ އެމްޑީޕީއިން އަބަދުވެސް ގެންގުޅުނު ސިޔާސަތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: