ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުން އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ފުވައްމުލައް ސިޓީގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅުމެއްނެތް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި މިކޭސްއާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިހާރު އެ ސިޓީގައި އިތުރު ދެ ކްލަސްޓާއަކަށް ނިސްބަތްވާ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ.

އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ ކްލަސްޓާ އާއި، އަދި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާއި ގުޅުން ހުރި ކްލަސްޓާއެވެ.

އެ ސިޓިގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: