ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޔާޑުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އިދިކޮޅުގެ އެތެރޭގެ ކޯޅުމެއްގެ ތެރެއިން: އެމްޑީޕީ

/ފޮރިން ސެކްރެޓަރީ ޖައިޝަންކަރު 2016 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ހެދި އެއްބަސްވުންތަކެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ގާއިމްކުރުމަށް އިންޑިޔާ ސަރުކާރާއިއެކު ގާއިމްކުރި އެއްބަސްވުމާއި ގުޅޭގޮތުން މަޖިލީހަށް ހުށައެޅުއްވި މައްސަލައަކީ އިދިކޮޅު ކޯލިޝަންގެ އެތެރޭގައި އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ހުށައެޅި މައްސަލައެއްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީގެ) މެމްބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނައިފަރު މެމްބަރު އަހުމަދު ޝިޔާމް ވަނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑާއި އިންޑިޔާ ސަރުކާރާއި ގުޅިގެން ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކުރުމަށް ޚާއްސަ ޑޮކްޔާޑެއް ގާއިމްކުރުމަށް ވެވުނު އެއްބަސްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅުއްވާފައެވެ. މައްސަލަ ހުށައަޅުއްވައި ޝިޔާމް ވަނީ މިފަދަ އެއްބަސްވުންތައް ގާއިމްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މައްސަލައަށް ބަހުސްކުރުމަށް ހުރިހާ މެމްބަރުން އެދިވަޑައިގެންނެވިއިރު، މަޖިލީހުގެ ތަޅުމުގައި މިކަމަށް ބަހުސް ކުރެވިގެން ދިޔަ ވަގުތު މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައި ވެއެވެ.

މައްސަލައަށް ބަހުސްކުރައްވަަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ޒިޔާދު ވިދާޅުވީ މިއީ ވަރަށް ސާފު މައްސަލައެއްކަމަށެވެ. އަދި މިއީ އިދިކޮޅު ލީޑާޝިޕްގެ ތެރޭގައި ޖެހިފައިވާ މައްސަލައެއްގެ ސަބަބުން ހުށައެޅި މައްސަލައެއްކަމަށް ވިދާޅުވިއެވެ. އަދި އެކަން ބޮޑަށް ސާފުވަނީ، ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.

“މަޑުއްވަރީ ދާއިރާގެ މެމްބަރު ދާދިފަހުންވެސް ވިދާޅުވި ބާޒުތަކާއި ކާޅުތައް ލީޑާޝިޕާއި ދިމާލަށް އަންނަ ވާހަކަ” ޒިޔާދު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މިއީ އަމާޒެއް އަދި މިސްރާބެއް ނެތި ބަޔަކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުށައެޅި މައްސަލައެއްކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި އެއްވެސް އަމާޒެއް އަދި މިސްރާބެއް ނެތް ކަމަށާއި އެބޭފުޅުން “ލާހޫރެނީ” ކަމަށް މީކާއިލް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީ މެމްބަރުން ވަނީ އިންޑިޔާއާއިއެކު ޑޮކްޔާޑް ގާއިމްކުރުމަށް އެކުލަވާލި އެއްބަސްވުމަށް އިދިކޮޅުން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. މެމްބަރުން ވަނީ، ވެރިރަށް މާލެ ސިޓީގައި އިންޑިއާއިން ގާއިމްކޮށްދީފައިވާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްއަށް މިއަހަރު 26 އަހަރު ފުރޭއިރު، އެ އެއްބަވުމުގެ ދަށުން ގައުމަށް ލިބުނު އެއްވެސް ގެއްލުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

އިދިކޮޅަށް ނުުރުހުމުގެ ބަސްތައް ރައްދުކޮށް، އެމްޑީޕީގެ މެމްބަރުން ބުނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ސަގާފަތެއް ކަމަށެވެ.

ރިޔާސަތުގައި އިންނަވާ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި މިވަގުތު ދެފިކުރެއްގެ ބޭފުޅުން އެބަތިބި ކަމަށެވެ. އެއް ފިކުރަކީ ބޭރުގެ ގައުމުތަކާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ފިކުރުގެ ބޭފުޅުން ކަމަށާއި އަދި އަނެއް ފިކުރަކީ ބޭރުގެ ގައުމަކާއި އެކު ކުރާ  ކޮންމެ މަސައްކަތެއް އެއީ ނުރައްކަލެއްގެ ގޮތުގައި ދެކޭ ބޭފުޅުން ކަމަށެވެ.

އިދިކޮޅުން ދަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ބޭސްވެ ތިބުމުގެ އިންތިޒާމު އެ ގައުމަށް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުކޮށްފައެވެ.  އަދި އެކަމާއި ދެކޮޅަށް “އިންޑިޔާ އައުޓް” ގެ ނަމުގައި ކެމްޕެއިނެއް ކުރިޔަށް ގެންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިޔާ ސިފައިން 15 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ގާއިމްވެ ތިބޭނެކަމަށް މެމްބަރު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ ތުހުމަތު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: