ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާގެ ނޫސްވެރިން ރާއްޖެއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި ޤައުމެއްކަމަށް ބުނެދިނުމަށް އެމްއެމްޕީއާރުސީން އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާ މާކެޓްގައި ފުޅާދާއިރާއެއްގައި އިޝްތިހާރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ގެނެވުނު ފުރަތަމަ މީޑިއާ ފޭމް ޓްރިޕެވެ.

އަދި އިންޑިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ނޫސްވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައި ކަމަށާއި އެ ޓީމް ރާއްޖޭގައި މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް މަޑު ކުރަން ވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

އެމްއެމްޕީއާރުސީން މައުލޫމާތު ދޭގޮތުގައި މިދަތުރުގައި ބައިވެރިވެފައި ވަނީ އިންޑިއާގެ މަޝްހޫރު ނޫސް މަޖައްލާތައް ކަމުގައިވާ ދަ ޕައިނިއާ, ސަންޑޭ ގާޑިއަން އީ.ޓީ ޓްރެވަލް ވޯލްޑް ޓީއެމް.އެމް މެގަޒިން އަދި ސްޕަޓްނިކް ނިއުސް މަޖައްލާގެ ފަސް އެޑިޓަރުންނެވެ. އަދި އެ ޓީމުން ރާއްޖޭގައި ހޭދަކުރާ 5 ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ކައި މޯލްޑިވްސް އަދި އެމަރަލްޑް މޯލްޑިވްސްގައި ކަމަށް އެމްއެމްޕީއާރުސީން ވަނީ ހާމަކޮށްފަ އެވެ.

މި ދަތުރުގައި ކޮންމެ ރިސޯޓަކުން ތަޖުރިބާކުރެވެން ހުންނަ ހިދުމަތްތަކާއި ރާއްޖޭގެ ފަތުވެރިކަމާއި ބެހޭ ގޮތުން ހަބަރުތައް އެ ނޫސްވެރިން ލިޔާނެއެވެ. އަދި އެ މަޖައްލާތަކަކީ އިންޑިއާ މާކެޓްގައި މަޝްހޫރު އަދި ބޮޑު ސާކިއުލޭޝަނެއް ހިމެނޭ މަޖައްލާތަކެއްކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އެމްއެމްޕީއާރުސީން އަންނަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް އިންޑިއާގައި ކުރިއަށް ގެންދަމުންނެވެ. ފޭމް ޓްރިޕްތަކުގެ އިތުރުންވެސް ދަނީ އެހެނިހެން އޮންލައިން އަދި އޮފްލައިން މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އިންޑިއާގައި ބޭއްވޭ ޓްރެވަލް ޓްރޭޑް ފެއާތަކުގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުމާއި ވެބިނާތައް ބޭއްވުމާއި ރޯޑް ޝޯތައް ވެސް އެމްއެމްޕީއާރުސީން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: