ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލާމާތް ނުފެނި ހާލު ދެރަވާ މީހުން ގިނަ: ޑރ. މުރާދު

ބިރު ގަންނާނެ، އެހެން ނަމަވެސް ބައްޔާއި ގުޅިގެން އެކަހެރި ކުރެވުނު މީހަކު ބާކީ ނުކުރައްވާ: ޑރ. މުރާދު - ފޮޓޯ: މުހައްމަދު ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް ކުއްލިއަކަށް ހާލު ދެރަަވާ މީހުން ވަރަށް ގިނަކަން ފަހަކަަށް އައިސް ފާހަގަކުރެވިފައިވާ ވާ ކަމަށް ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމްގައި ހިމެނޭ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މި މަހުގެ މިދިއަ 21 ދުވަހު ވެސް ޕޮޒިޓިވް އަދަދު ހުރީ 100 އިން މަތީގައެވެ. މި މަހު އެކަނިވެސް އަށް މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ. މިދިޔަ ޖަނަވަރީގައި އެކަނިވެސް 3،400 ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ ހަތަރު މީހަކު މަރުވި އެވެ.

ޑރ. މުރާދު ވިދާޅުވީ، އަދިވެސް ކޮވިޑްގެ ތިން ވަނަ ރާޅުގައި ނަމްބަރުތައް އުޅެނީ ވަރަށް މަތީގައި ކަމަށެވެ. އަދި ޕޮޒްޓިވްވާ މީހުންގެ އަދަދުތައް ދަށަށް ނުދާ ކަމަށާއި، ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދޭ ބަލިި މީހުންގެ އަދަދުތައްވެސް ގިނަވަމުންދާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ މާބޮޑެތި އަލާމަތްތައް ފެންނަން ނެތް ނަމަވެސް ހާލު ދެރަވާ މީހުން ވެސް ގިނަވަމުންދާ ކަމަަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ހާއްސަކޮށް މެދު އުމުރުގެ މީހުންތަންކޮޅެއް ގިނައިން މިފަހަރު އެބަ އެޑްމިޓްކޮށްގެން ފަރުވާދޭން އެބަ ޖެހޭ، އަދި ވަރަށް ގިނަ ފަހަރަށް އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް ކުއްލިއަކަށް ހާލު ދެރަަވާ މީހުންވެސް ވަރަށް ގިިނައިން ފާހަގަކުރޭ”. ޑރ. މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ ގޭގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް މައްސަލަތަކެއް ދިމާވެއްޖެނަމަ ނުވަތަ ބޮޑެތި އަލާމަތްތައް ފެންނަ ނަމަ ވީހާވެސް އަވަހަށް އެކަން އެންގުން މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: