ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭވެހި، ޖަކާޓާ ފެނުއަޑީގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނެފައިވަނީ، ވެރިރަށް ޖަކާޓާއަށް މިހާރު ވެހެމުންދާ ވާރެއަށްވުރެ ބޯކޮށް ހަފްތާގެ ކުރިއަށްމިއޮތް ދުވަސްތަކުގައި ވެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީގެ ވެރިޔާ ޑްވިކޮރިޓާ ކަރްނަވަޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އާންމު ގޮތެއްގައި ބޯކޮށް ވާރޭ ވެހެން ފަށާނީ ހަވީރު ކަމަށާއި، ވާރޭ ހުއްޓާލާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ކަމަށެވެ.

ބޯކޮށް ވޭރޭ ވެހުމުގެ ސަބަބުން ޖަކާޓާއާއި، ޖަކާޓާގެ ރަށްބޭރުގައިވާ ސަރަހައްދުތަކުގައި އިތުރަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުން ގާތްކަމަށް ބަޔާނުގައި ވެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖަކާޓާގެ ބޮޑު ބަޔަކާއި، އަވަށްޓެރި ސިޓީތައް ކަމަށްވާ ޓަންގެރަންގް، ބެކާސީގައި މިހާރުވެސްވަނީ ދެމީޓަރަށް ފެންބޮޑުވެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް ކޯރެއްގެ ފެންގަނޑު ބޮޑު، ބައެއް ކޯރުތައް އާންމުން ދިރިއުޅޭ އިމާރާތްތައް ހުންނަ ސަރަހައްދުތަކަށް ބަންޑުވެފައިވާ ކަމަށެވެ.

ޖަކާޓާގެ ދެކުނާއި، ހުޅަނގު ސަރަހައްދުތަކުގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މިހާތަނަށް 5 މީހުން މަރުވެފައި ވެއެވެ.

މަރުވި 5 މީހުންގެ ތެރެއިން 4 ކުޑަކުދިން ހިމެނޭ ކަމަށާއި، އެކުދިން މަރުވީ ކޯރުތަކުގެ ފެންގަނޑު ބަންޑުންވެ ދެމިގެންދިޔަ ބާރުގެ ފެނުގެ ސައިލާއެކު އޮޔާ ގެންގޮސްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެން މަރުވެފައިވަނީ ފެންބޮޑުވިއިރު ގޭތެރެގައި ތާށިވެފައި ހުރި އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

ބޯކޮށް ވާރާ ވެހުމުގެ ސަބަބުން ޖަންކްޝަންތައް ފުރި، ޖަކާޓާގެ އެތައް ހިސާބެއްގެ މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ.

ވާރޭ ވެހުނަސް އާންމުކޮށް ފެންބޮޑުނުވާ ބައެއް ހިސާބުތަކުގައިވެސް މިހާރު ފެންބޮޑުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: