މިއުޒިކް ފަދަ ފަންނީ ހަރަކާތްތައް ހިންގާ މަރުކަޒުތަކެއް ގާއިމް ކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން ދީނީ އިލްމުވެރިންގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ރާއްޖޭގެ ދީނީ ފަސް އިލްމުވެރިޔަކު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެކެވެ.
އެ ސިޓީގައި ސޮއިކުރައްވާފައިވާ އިލްމުވެރިންނަކީ، ޑރ. މުހައްމަދު އިޔާޒާއި، އަލީ ޒާހިރުއާއި، އަބްދުﷲ މުހައްމަދުއާއި، ނިމާލް މުހައްމަދުއާއި، އިބްރާހިމް ފަރީދެވެ.
އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުން ބޭރުން، މުނިފޫހިފިލުވުމުގެ ނަމުގައި ފާހިޝް ކަންކަން އިތުރަށް ފެތުރި މުންކަރާތްތަކާއި ފަސާދައިގެ އަމަލުތައް އާންމުވެ ދާނެ ކަންކަމަށް ބާރު ލިބޭ ގޮތަށް މަޖިލީހުގެ މެންބަރުން ވާހަކަ ނުދެއްކުމަށާއި އެފަދަ ކަންކަން ހިމެނޭ ކަންކަން ފާސް ނުކުރުމަށް މިި ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
މަޖިލީހުގެ ތަޅުމަށް މި ގަރާރު މިހާރު ވަނީ ބަލައިގެންފައެވެ.
One Response
ރަނގަޅު އަދި މުހިންމު ކަމެއް. ދީނީ ޢިލްމުވެރިންގެ ބަސް މަޖިލީހުން އަޑުއަހަން ޖެހޭނެ.