ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،000 އަށް

ކޮވިޑުގެ ރެންޑަމް ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،000އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަނޑިއިރު ތެރޭގައި 4،388 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 76 މީހުންނެވެ.

އަދި މާލެއިން ބޭރުގެ އަދަދުތަކަށް ބަލާއިރު އަތޮޅުތަކުން 12 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހެއް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ފާއިތުވި 24 ގަނޑިއިރު ތެރޭ އިތުރު 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 19،058 އަރާފައެވެ.

އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 167 އަރާފައެވެ. މިއީ ކުރިއާ އަޅާ ބަލާއިރު މަތީ އަދަދެކެވެ.

ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 16،542 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: