ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވާތީ ކަންބޮޑުވުން

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގައި ވެކްސިން ޖަހަން އޮތް ތަރުހީބު ކުޑަކަން ފާހަގަވާތީ، ވީހާވެސް ގިނަ މީހުން ވެކްސިން ޖަހަން ދިއުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އިލްތިމާސްކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ވެކްސިން ޖަހާ މީހުންގެ އަދަދު މާލެ ސަރަހައްދުން މަދުކަން ރެކޯޑުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ބަޔަކު ވެކްސިން ލިބިގަތުމަށް ސެންޓަރުތަކަށް ދިޔުން މުހިއްމުކަން ނާސިރު ފާހަގަކުރެއްވިއެވެ.

“ބައެއް ބޭފުޅުން ވެކްސިން ލިބިގަތުމަށް ހަފްތާ ބަންދަށް މަޑުކުރުން އެއީ އެހާ ރަނގަޅު ކަމެއް ނޫން. މިހާރުން މިހާރަށް، ކިޔޫ ވެސް އެހާ ދިގު ނޫންވީމަ އާއެކު މިގޮތަށް މަޑުނުކޮށް ވެކްސިން ޖަހަން ދިޔުމަށް ވަރަށް ބޮޑަށް އެދެން” ނާސިރު ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ކޮވިޑް-19އިން ދިފާއުވުމަށްދޭ ވެކްސިން 4،962 މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 85،110 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: