ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ބަދަލު ކުރިޔަސް އިންޓަނެޓް އަގުހެވެއް ނުވާނެ: މައިނޯރިޓީ ލީޑަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ  ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކި ކުރުމަކުން އިންޓަނެޓްގެ އަގު ހެޔޮނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ތަރައްޤީގެ މަގުގާ އިތުރު ކުރިއެރުންތައް ރާއްޖެއަށް ހޯދޭނީ އަދި ޒަމާނީ އައު ޓެކްނޮލޮޖީއާ އީޖާދީ ގޮތްތަކުގެ ބޭނުން ހިފޭނީ އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮވެގެން ކަމަށެވެ.

“އިންޓަރނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމުގެ ސިޔާސަތު މިއަދާހަމައަށް އައިރުވެސް ތަންފީޒު ކުރެވިފައިނުވުމަކީ ކަންބޮޑުވާ ކަމެއް. މިހެންވުމުގެ ސަބަބުން ރައްޔިތުން ވަނީ މާޔޫސްވެފާ. މިނިސްޓަރ ބަދަލު ކުރުމަކުން އިންޓަނެޓް އަގު ހެވެއް ނުވާނެ. އެކަން ކުރެވޭނީ ކަންކަން ކުރަން ދަންނަ ސަރުކާރެއް ޤާއިމު ކުރެވުނު ދުވަހަކުން.” ސަލީމް ވިދާޅުވިއެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކާ ސްކޫލް މަދަރުސާތަކުގެ ކިޔެވުން، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގާ އިންޓަރނެޓް އަގުބޮޑުވުމާ ޚިދުމަތް ލަސްވުމަކީ ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢެހެންވެގެންދޯ ޔާމީން ވެރިކަމުގައި ހުރި އިރު ޢިންޓަނެޓްގެ ޢަގުހެޔޮ ނުވީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: