ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިންތުގެ ކާރަށް ގެއްލުން ދިން މީހާ ޖޫރިމަނާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އައިންތުގެ ކާރު ޕާކު ކޮށްފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ހަމްދޫން އެ ކުށަށް އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ 21،600ރ. އިން ޖޫރިމަނާ ކޮށްފައެވެ.

އައިިންތުގެ ކާރަށް ގެއްލުން ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ގެނަ އެވެ. އެންމެ ފަހުން ކާރަށް ދިން ގެއްލުންތަކަށް ފަހު އެ ކާރު މަރާމާތު ކުރަން އައިންތުއަށް އެހީވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: