ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަން ފަށަނީ

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ފްލެޓްތަކަށް ވަދެވޭ ވަރުވާނީ އަންނަ މަހު ނިމޭ ހިސާބުގައި ކަމަށެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފްލެޓްތައް ލިބުނު މީހުންގެ މައުލޫމާތުތައް ކަށަވަކުރުން ޖެހޭ ކަމަށާއި އެކަމަށްޓަކައި މިހާރު މުވައްސަސާތަކާ ބައްދަލުވެސް ކޮށްފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތުތައް ދެ ތިން ހަފްތާ ތެރޭ ބަލައި ސައްހަކަން ކަށަވަރުކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކަރަަންޓާއި ފެން ގުޅައިދިނުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: