ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ކަނޑޫދޫ ކެނޑިޑޭޓުގެ، ކެނޑިޑެސީ ބާތިލު ކުރަން އީސީން އަނެއްކާވެސް ކޯޓަށް!

ފޯމު ބަލައިގަތްތާ އަހަރެއް ފަހުން ކެނޑިޑޭޓެއްގެ ފޯމު ބަތިލު ކުރި މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގައި، ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރަން ހުށަހެޅި އެ ރަށު އުސްގެ، ހަސަން މޫސާގެ ކެންޑިޑެސީ ފޯމު ބަލައިގަތުމަށްފަހު، އޭގެ ފަހުން އޭނާގެ ކެނޑިޑެސީ ބާތިލު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހަސަންގެ ކެނޑިޑެސީ ބާތިލިކޮށްދިނުމަށް އެދި އީސީން މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ، ހުކުމާއި އެއްގޮތަށް ސާބިތު ދަރަންޏެއްގެ ފައިސާ ނުދައްކާކަމަށް ބުނެ ކެނޑިޑޭޓެއްގެ، ފޯމު ބާތިލު ކުރި މައްސަލައެކެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ހަސަން މޫސާގެ ކެނޑިޑެސީ ބާތިލު ކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމި އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުން، އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ފޯމު ބަލައިގެންފައިވާކަން އެންގީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

ނަމަވެސް އޭގެ އަހަރެއް ފަހުން، ހަސަން މޫސާގެ ކެނޑިޑެސީ ބާތިލުކުރުމުން ކަނޑޫދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު އޮޓޮމެޓިކުން ކައުންސިލަށް ހޮވިފައިވާކަމަށް އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ، ހަސަން މޫސާގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. ޕީޕީއެމް ޓިކެޓުގައި ކަނޑޫދޫ ދާއިރާއަށް ވާދަކުރުމަށް ފޯމު ހުށަހެޅި، ހަސަން މޫސާގެ ފޯމު އީސީން ބާތިލު ކުރީ، ހުކުމަކާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އޭނާގެ މައްޗަށް އައިސްފައިވާ ހުކުމެއްގެ ސަބަބުންނެވެ. ހަސަން މޫސާ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ކޮމިޝަނުން ނިންމާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާގެ ސާބިތު ދަރަންޏަކާއި ބެހޭ މައުލޫމާތު ހިމެނޭ ރަސްމީ ލިޔެކިއުން ހަވާލު ކުރުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ވަނީ އޭގެ ފަހުން ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު އޮޓޮމެޓިކުން ކަނޑޫދޫ ދާއިރާއަށް ހޮވިފައިވާކަން އިއުލާނުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ގާނޫނުގައި ބުނާ 48 ގަޑިއިރަށްފަހު ފޯމު ބާތިލު ކުރާނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އޭގެ ފަހުން ކެނޑިޑެސީ ބާތިލު ކުރާނަމަ އެކަން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުންކަމަށް ހުކުމުގައި ވެއެވެ.

ހަސަން މޫސާއަކީ ކައުންސިލް އިންތިހާބުގެ ގަނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތެއްތޯ ބެލުމަށްފަހު، ހަސަން މޫސާގެ ކެނޑިޑެސިއާއި މެދު ގޮތެއް ނިންމައިދޭން އެދި އިލެކްޝަންސް ކޮމިޝަންއިން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް، ކޯޓުގެ ރެޖިސްޓްރާ ނިންމުމުން އެކަން އީސީން އިސްތިއުނާފުކޮށްފައި ނުވެއެވެ.

ކޯޓުގެ ގަވައިދުގެ ދަށުން ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމެއް، އަލުން ބަލަން އެދި ހުށަހެޅުމުގެ ހައްގު ކަމުގެ މަސްލަހަތު އޮންނަ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ކެންޑިޑެސީ ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ނުނިންމާހާ ހިނދަކު، ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނި ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެމްޑީޕީގެ ކެނޑީޑޭޓަށް ގޮނޑި ކަށަވަރުވެއްޖެ ކަމަށް އީސީން ކުރި އިއުލާނު މހާރު ވަނީ ބާތިލުކޮށްފަ އެވެ. އަދި ހަސަން މޫސާގެ ނަން ދާއިރާގެ ކެނޑިޑޭޓެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

ގާނޫނުގައި ބުނާ ޝަރުތުތައް ހަމަ ނުވާތީ، އީސީން އަލުން މި މައްސަލަ ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: