ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫއަށް މިރޭ ކަރަންޓް ދެެެވޭނެ: ފެނަކަ

ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާއެއް ހިނގައި ކަރަންޓްގެ ހުރިހާ ހިދުމަތެއް ކެނޑިފައިވާ ތ. ވޭމަންޑޫއަށް މިރޭ ކަރަންޓް ފޯރު ކޮށްދެެވޭޭޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.

އިއްޔެ ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުތަކާއެކު ބޭނުން ނުކުރެވޭ ވަރަށް ވަނީ އިންޖީނުގެ އަނދައި ހުލިވެގެން ގޮސްފަ އެވެ.

އަދި އޭގެ ސަބަބުން އިއްޔެ މެންދުރުން ފެށިގެން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންވަނީ ދައްޗާއެކު ދިރިއުޅެން ޖެހިފަ އެވެ.

ފެނަކައިން ބުނީ ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ވޭމަންޑޫއަށް މިހާރު ގެންގޮސްފައިވާ ކަމަށާާާާއި، މިރޭ ކަރަންޓު ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: