ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން ޖަލަށް ބަދަލުކުރަން އަމުރުކޮށްފި

އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީން ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލު ކޮށްފައި ވަނިކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ޓެރެރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ނިރުބަވެރި އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް ކަމަށް ބުނެ ގޭ ބަންދަށް ބަދަލުކުރަން އަމުރުކޮށްފައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަމީނަށް ޖަލުގައި ގަސްދުގައި ފަރުވާ ނުދީ ލަސް ކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށާއި އަދި ގޮޅިން ބޭރަށް ނުނެރުން ފަދަ ކަންކަމަކީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ތިބޭ ނުވަތަ ދައުވާލިބޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ، ގެއިން ނުނިކުންނަ ޝަރުތުކޮށް އަމީން ދޫކޮށްލަން ކުރި އަމުރަކީ އޭނާ ގޭ ބަންދުކުރަން ނެރުނު އަމުރެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: