ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހައްމަދު އިސްމާއިލް އަދި މޮސްޓާ ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ހައްޔަރުކޮށްފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މުޙައްމަދު އިސްމާޢީލު ހައްޔަރު ކުރުމަކުން މުޒާހަރާ ނުހުއްޓުވޭނެ ކަމަށާއި އަދި މުޙައްދު އިސްމާޢީލު ވެސް ނުހުއްޓުވޭނެ ކަމަށެވެ.

“އޭނަ ޖެހިލުމެއްވެސް ނުވާނެ. ސަރުކާރު ފެއިލްނުވާކަމަކަށްވެސް ނުވާނެ. މިހާރުން މިހާރަށް މުޙައްމަދު އިސްމާޢީލު ދޫކޮށްލުމަށް ގޮވާލަން” އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަޖީދީ މަގުން އަންނަނިކޮށް މެމްބަރު މޮސްޓާ ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް އާއި ޕާޓީ އޮފީހަށް ވަންނަން އުޅެނިކޮށް ކުރީގެ މަޖިލިސް މެންބަރު ކާނަލް ނަޝީދު ހައްޔަރު ކޮށްފައި ވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: