ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ އާއި ޣައްސާން ވެސް ހައްޔަރުކޮށްފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކްރިމިނަލް ކޯޓު ސަރަހައްދުގައި ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަދުރޭ އާއި ޣައްސާންގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މުޒާހަރާގައި އަޑު އުފުލަމުން ދަނިކޮށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެސަރަހައްދުގައި ތިބި ބައެއް މީހުންގެ މޫނަށް ޕެޕާސްޕްރޭވެސް ޖަހާފައެވެ. އަދި ތަކުރާރުކޮށް ދަނީ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުން ކުރާނެކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ދިމާވާ އެއްވެސް ކަމަކަށް ޒިންމާ ނުވާނެ ކަމަށް ބުނަމުންނެވެ.

މި އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެއްވުން ފެށުމުގެ ކުރިން ވެސް އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އިދިކޮޅު ދެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: