ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ހުރި 475 ރުއް ބަލަހައްޓާނެ ފަރާތެއް ހޯދަނީ

ވިލިމާލެ. ފޮޓޯ: ދަ މޯލްޑިވްސް އެކްސްޕާރޓްޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުރި 475 ރުއް ސާފުކޮށް ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން، ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ވިލިމާލޭގެ 475 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދީ ބެލެހެއްޓުމުގެ މަސައްކަތަށް ބިޑް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ރުއްތަަކަށް އަރައި ސާފުކޮށް ރުއްތައް ބަލަހައްޓައި ދޭން ޝަޢުގުވެރިވާ ފަރާތްތައް އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މައުލޫމާތު ސާފުކުރަން ޖެހޭއިރު، ބިޑު ހުށަހަޅަން ޖެހޭނީ 11 ވަނަ ދުވަހުއެވެ.

ގަޑި ޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަަލައި ނުގަނެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ސާފު ކުރަން އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންދަން ޖެހޭއިރު، އިތުރު މައުލޫމާތު ސާފު ކުރުމަށް ސިޓީ ކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުމަށް އިއުލާންގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: