ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ: މަލީހް

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ ކަމަަށް ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ މަޖިލީހުގައި ކުރިއަށް ގެންދާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައެވެ.

އެގޮތުން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެއްޖެ ކަމަށާއި ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ.

“އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވައިގެން ބޭއިންސާފުން ދޭންއުޅޭ އަދަދު ބޭޒާރުވާނެ. ބޭއިންސާފު މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް.” މަލީހް ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ހައްދައި މިހާރު ވަނީ ނޯޓިސްވެސް މަލީހަށް ފޮނުވާފައެވެ.

މި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: