ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާ ނަގާ އިތުބާރުނެތް ކަމުގެ ވޯޓް އަށް މަޖިލިސްއަށް ހާޒިރުވާނަން, މިދަނީ ގާނޫނު އަސާސީ ގެ ދިފާއުގައި: މިނިސްޓަރ މަލީޙް

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކުުުރުުމާާއިި ގުޅިގެން މާދަމާގެ ޖަލްސާއަށް ހާޒިރުވާނެކަމައް މަލީޙް ވިދާޅުވެއްޖެއެވެ.

“ސަންގު” އާ ވާހަކަ ދައްކަމުން މިނިސްޓަރ މަލީޙް ވިދާޅުވީ އެމަނިކުފާނުގެ މައްޗައް އިތުބާރު ނެތް ކަމުގެ ވޯޓްނަގަނީ ޓީވީ ޕޮރުގުރާމެއްގައި ފާޅު ކޮށްފައިވާ ހިޔާލަކާއިި ގުޅިގެން ކަމަށެވެ.

މިނިސްޓަރ މަލީހް އިތުރަށް ވިދާޅުވީ, ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަަކީ ދިވެހި ރާއްޖޭގެެ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްކަމަށާއި މާދަމާ މަޖިލީހައް ދާނީ ގާނޫނި އަސާސީގެ ދިފާއުގައިކަމަށެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި ވަނީ މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. މިގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރަަށް ދެމިގެންދާއިރު، މިނިސްޓަރު މަލީހަށް ޖަވާބުދާރީ ވުމަށްވެސް 30 މިނެޓްގެ ފުރުސަތު ލިބިގެންދާނެ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ހައްދައި މިހާރު ވަނީ ނޯޓިސްވެސް މަލީހަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: