ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ވޯޓުގުނުމުގެ މަރުހަލާގެ ތެރެއިން/ ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓްކޮށް އަނެއްކާ ވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޢާންމުކުރި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މާރޗް މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30އިން މެންދުރުފަހު 01:00އަށް ޝަކުވާ ހުށަހެޅޭނެއެވެ.

އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00އިން ހަވީރު 05:00އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: