ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫގައި އާ އިންޖީނުގެއެއް އަޅަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ވޭމަންޑޫގައި އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަސް ކުރުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ފެނަކޮ ކޯޕަރޭޝަނުން ބުނެފިއެވެ.

މިއީ މިމަހު 24 ވަނަ ދުވަހު އެރަށުގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 3 އިންޖީނު އަނދައި އެރަށުން ކަރަންޓު ދިއުމުން އެކުންފުނިން އެރަށުގައި އަޅުއްވައިދެއްވާ އިންޖީނު ގެއެކެވެ.

“ކުރިޔަށް އޮތްތަނުގައި މިފަދަ ޙާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް، އަދި ދިމާވާ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އާ އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް، ފަސްކުރުމެއް ނެތި މި ކުންފުނިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން މި ފުރުޞަތުގައި ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން،” ފެނަކައިން ނެރުނު  ބަޔާނެއްގައިވެއެވެ.

މިމަހު 24 ވަނަ ދުވަހު މެންދުރުފަހު އެރަށު އިންޖީނުގޭގައި ހިނގި ހާދިސާއަށްފަހު 33 ގަޑިއިރުތެރޭގައި އަލުންވަނީ ރައްޔިތުންނަށް ކަރަންޓު ދީފައެވެ. ރައްޔިތުންނަށް ކަރަންޓު ދީފައިވަނީ ތ. ގުރައިދޫން ގެނައި އިންޖީނެއް ބޭނުން ކޮށްގެންނެވެ.

ދާއިމީ ކަރަންޓު ދިނުމަށް ބޭނުންވާ ޖަނަރޭޓަރު މިހާރުވަނީ ވޭމަންޑުއަށް ގެންގޮސްފައެވެ. އެރަށުން ކަރަންޓު ދިޔަ ވަގުތުން ފެށިގެން ފެނަކައިން ވަނީ އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފައެވެ. އެމަސައްކަތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެހާ އަވަހަށް ކަރަންޓު ދެވުނީ އެރަށުގެ ރައްޔިތުން ދެއްކި ކެތްތެރިކަމާއި ދިން އެއްބާރު ލުމުގެ ސަބަބުން ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ. އެހިތާމަވެރި ޙާދިސާއަށްފަހު “އެކަމުން އަރައިގަތުމަށް، ފޫހިކަމެއް ވަރުބަލިކަމެއް ނެތި، ހިތްވަރާއި އިޚްލާޞްތެރި ކަމާއެކު، މި ކުންފުނީގެ މުވައްޒަފުންނާ ބައިވެރިވެ އެރަށު ކުދިބޮޑު އެންމެހައި ލޮބުވެތި ރައްޔިތުން ދައްކުވައި ދެއްވާފައިވަނީ، ލާމަސީލު ނަމޫނާއެއް. ކުންފުނީގެ ތާރީޚުގައި، މިފަދަ ބޮޑު ޙާދިސާއަކުން އެންމެ އަވަސް މިނުގައި އަރައިގަނެ، ރައްޔިތުންނަށް ޚިދުމަތް އިޢާދަ ކޮށްދެވިފައިވަނީ، އެ ނަމޫނާއާއި ކެތްތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުން، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ކުރެވުނު ފުރިހަމަ މަސައްކަތުގެ ނަތީޖާއިންކަން ކަށަވަރު،” ފެނަކައިން ބުނެއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ރޯވިތާ 6 ގަޑިއިރު ނުވަނީސް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސަޢީދު ވަނީ އެރަށަށް ވަޑައިގެންފައެވެ. އަދި ތިމާވެއްޓާއި ޙަކަތައާ ބެހޭ ވަޒީރު ވެސް އެރަށަށް ވަޑައިގެންނެވިއެވެ. އެއީ ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އެކަން ގާތުން ބައްލަވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުތަކަށްޓަކައި ފެނަކައިން ވަނީ އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: