ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެއްވެސް އަސާސެއް ނެތް ޒާތީ މައްސަލައެއް: މަލީހް

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް, ސަައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ޒާތީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން މިއަދުގެ ޖަލްސާގައި ލިބުނު ފުރުސަތުގައި އޭނާ ވިދާޅުވީ މިއުޅެނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކަކަށް ހަޖަމް ނުކުރެވިގެން ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަންބުކުރުމަށް ކުރިއަށްގެންދާ ޒާތީ މައްސަލައެއް ކަމަށާއި މި މައްސަލަ ރައްދުވަނީ އޭނާއަށް ކަމާއި މެދު ސުވާލުއުފެދޭ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި މި ވަގުތާއި ހަމައަށް ވެސް އޭނާ މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު މަޖިލީހުން ދީފައިނުވާކަމަށް މަލީހް ވިދާޅުވިއެވެ.

“މިއީ އެއްވެސް އަސާސެއް ނެތް ދޮގާއި، މަކާރާއި، ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަނބު ކޮށްލުމަށްޓަކައި މަޖިލީހުގެ މެންބަރުންތަކެއް ކުރިއަށްގެންދާ ޒާތީ މައްސަލައެއް.” މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅިވީ ނަހާދާ ކަމަށްބުނާ ގަވައިދުތައް ހަދާ ނިންމާފައިވާ ކަމަށާއި، އެއީ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ގަވައިދުތަކެއް ކަމަށެވެ. އަދި އެ ޤާނޫނު ފާސްކުރީ 2015 ވަނަ އަހަރު ކަން ފާހަގަކޮށް މިނިސްޓަރު މަލީހް ވަނީ އޭގެ ފަހުން އައި ވަޒީރުން އެ ގަވައިދުތައް ނަހަދާ އޮތް މައްސަލަތައް މަޖިލީހުން ނުބެލީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

14 މެންބަރުންގެ ސޮޔާއިއެކު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: